މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިޑްރޯޕޯނިކްސް ސިސްޓަމް ދޫކުރުމާއި ގުޅޭ

ވާދޫގައި ގަސް އިންދާ ހެއްދުމަށް ދޫކުރެވިފައިވާ ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުގެ ތެރެއިން ސިސްޓަމް ހަވާލުކުރެވިފައިވާ ފަރާތުން ދޫކޮށްލާފައިވާ ސިސްޓަމްތައް، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަވާލުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

 

ވީމާ، ވާދޫގެ ރަށްވެހިންގެ ތެރެއިން ސިސްޓަމް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމަށް ހަމަޖެހިފައިވަނީ 2024 ޖެނުއަރީ 23 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ޖެނުއަރީ 31 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ވަގުތުތަކުގައެވެ. ގިނަ ފަރާތްތަކުން ނަންނޯޓު ކޮށްފައިވާނަމަ، ސިސްޓަމް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ނަންނޯޓުކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22 ޖަނަވަރީ 2024
ހޯދާ