ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445

ނަންބަރު: (IUL)263/263/2024/03

އިޢުލާން

 

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445

                  

      ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 އަންނަ ރަމަޟާން މަސް ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މިމުބާރާތަކީ ނެއްލައިދޫގެ ކުދިބޮޑު، (ޤަވާޢިދުގައިވާ ގޮތުގެމަތިން 9 އަހަރު ފުރިފައިވާ) ކޮންމެ ފަރުދަކަށްވެސް ބައިވެރިވެވޭގޮތަށް އިންތިޒާމްކުރެވިފައިވާ މުބަރާތެކެވެ. މި މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވައިލެވިފައި ވެއެވެ.

ވީމާ، މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކުންކުރެ ވަނައަކަށް، ނުވަތަ ބައިވެރިވާ ހުރިހައި ބައިވެރިން ހިމެނޭހެން ތިޔަފަރާތުން އިނާމު ހުށަހަޅުއްވަން ޝައުޤުވެރިވެލައްވާނަމަ، 2024 މާރިޗު 20 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ތިރީގައިވާ ތާވަލުގައި އެވަނީ މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކެވެ.

ނެލައިދޫ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445

 

 

ހޮވޭ ވަނަ

ވަނަ ހޮވޭ ގޮތް

ވަނަތަކަށް ދެވޭ އިނާމުތައް

 

1

މުބާރާތުގައި އެންމެ މަތިން މާކުސް ލިބޭ ބައިވެރިޔަކަށް

"ނެއްލައިދޫ އެންމެ އަލިގަދަ ތަރި" ޝީލްޑާއި -/30000 (ތިރީސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމު

 

2

މުބާރާތުގައި 2 ވަނައަށް އެންމެ މަތިން މާކުސް ލިބޭ ބައިވެރިޔަކަށް

-/10000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމު

 

3

މުބާރާތުގައި 3 ވަނައަށް އެންމެ މަތިން މާކުސް ލިބޭ ބައިވެރިޔަކަށް

-/5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމު

         

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ ނަމްބަރ 6520041 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ  [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ

 

      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ޖަނަވަރީ 2024
ހޯދާ