ދިވެހިރާއްޖެ
މާފުށި ޖަލުގައި ހުރި 02 އިމާރާތް މަރާމާތު ކުރުމާބެހޭ
މި ސަރވިސްގެ ދަށުން ހިނގަމުންދާ މާފުށީ ޖަލުގައިހުރި ދެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)167-CC/PR/1/2015/27) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާއިފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން އިޢުލާން ކުރަމެވެ.
މި ސަރވިސްގެ ދަށުން ހިނގަމުންދާ މާފުށީ ޖަލުގައިހުރި ދެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މިއޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
06 އެޕްރީލް 2015 |
ހޯމަ |
10:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
09 އެޕްރީލް 2015 |
ބުރާސްފަތި |
10:00 |
09 ޖުމާދަލްއާޚިރާ 1436