އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސް އެސް ޓީވީން އިސް ރައްވެހިންނަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބަރާތް

އެސް އެސް ޓީވީން އިސް ރައްވެހިންނަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބަރާތް

އެސް އެސް ޓީވީގެ ފަރާތުން، 1445 ވަނަ އަހަރުގެ ރަމަޟާންމަހު، އިސްރަށްވެހީނަނަށް ހާއްސަކޮށްގެން މުޅިރާއްޖެއަށް ހުޅުވާލައިގެން ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި މުބާރާތަކީ އެމީހަކު ހުރިތަނެއްގައި ހުރެގެން ފޯނު ނުވަތަ ކެމެރާއަކުން ކިޔެވުމުގެ ވީޑިއޯ ރިކޯޑްކޮށްލާފައި ފޮނުވުމުން އެކިޔެވުމެއް މިމުބާރާތުގައި ބައިވެރި ކުރެވޭގޮތަށް ހަމަޖައްސާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެސް އެމް އެސް ކުރެއްވުމުން، އެސް އެސް ޓީވީގެ ފަރާތުން އެފަރާތަކާ ގުޅައިގެން ބޭނުންވާ އިތުރު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެސް އެމް އެސް ކުރައްވާނެގޮތް ތިރީގައި އެވަނީ އެވެ.

 IR (space) Name, Age, Island (send to) 2747

މި މުބާރާތުގެ އެއްވަނަ އިނާމަކަށް އެސް އެސް ޓީވީއިން ހަމަޖައްސަވާފައިވަނީ އުމްރާ ދަތުރެކެވެ.

ވީމާ މިކަން އާނމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

22 ޖަނަވަރީ 2024
ހޯދާ