މަޤާމު:
|
ހެޑް އޮފް ބިއުރޯ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މުސާރައާއި އިނާޔަތްތައް
|
26,009 ރުފިޔާ
|
ފެންވަރުނުވަތަ ޝަރުތު:
|
- ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން ނުވަތަ
- ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ބިއުރޯގެ އިދާރީ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އެކު މެނޭޖިންގ ޑިރެކްޓަރގެ މީޓިންގތައް ޝެޑިއުލް ކޮށް އިންތިޒާމް ކުރުމާއި މީޓިންގ ރެކޯޑްތައް ބެލެހެއްޓުމުގެ އެންމެހާ ކަންކަން މެނޭޖްކުރުން.
- ބިއުރޯގެ ފަރާތުން ބާއްވާ މީޓިންގތަކުގެ ޔައުމިއްޔާ ބެލެހެއްޓައި މެނޭޖް ކުރުން.
- އިސްމެނޭޖްމަންޓުން އަންގަވާ އެހެނިހެން ރަސްމީ މުއާމަލާތްތައް ކުރުން.
- މެނޭޖިންގ ޑިރެކްޓަރަށް އަންގަވާ ގޮތެއްގެ މަތިން އިދާރީ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- · މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
މަސައްކަތުގެ ވަގުތު:
|
މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)
(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
|
ސުން ގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.
|