އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭނުންކުރާ Sophos Firewall License ރިނިއުކުރުން.

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ:   137-IU/PR/2024 /06

ޕްރޮޖެކްޓް ނަމްބަރ: 137-PR/2024/G-03

 

ޕްރޮޖެކްޓްގެ ނަން:އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭނުންކުރާ Sophos Firewall License  ރިނިއުކުރުން.

 

 

       އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭނުންކުރާ Sophos Firewall License  ރިނިއުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއް ކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.

  1. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރު އެގޭނެހެން 21 ޖަނަވަރީ 2024 އިން ފެށިގެން 28 ޖަނަވަރީ 2024 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް  22 ޖަނަވަރީ 2024 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  3. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ޖަނަވަރީ 2024 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
  4. މިބިޑާއި ގުޅޭގޮތުން ބާއްވާ  ޕްރީ ބިޑް ބައްދަލުވުން  24ޖަނަވަރީ 2024 ދުވަހު11:00 ގައި، މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައި އޮންނާނެއެވެ. 
  5. ބީލަން ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2024 ދުވަހު 11:00ގައި އައި. ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

                                        10 ރަޖަބް 1445

                                        21 ޖަނަވަރީ 2024

21 ޖަނަވަރީ 2024
ހޯދާ