ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސީނިއަރ ސްކޫލް ހެލްތު އޮފިސަރ                                                    

ބޭނުންވާ އަދަދު: 1 (އެކެއް)       

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: އެމް. އެސް. 2

މުސާރަ: މަހަކު -/6295 ރުފިރާ

ސަރވިސް އެލެވަންސް: މަހަކު -/2500 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

 

 

މަޤާމުގެ އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ސްކޫލުގައި ހުއްޓާ ދަރިވަރަކު ބަލިވެއްޖެނަމަ ފުރަތަމަ އެހީ ފޯރުކޮށްދިނުން.

- ސްކޫލުގައި ހުއްޓާ ދަރިވަރަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ، ދަރިވަރާއެކު ހޮސްޕިޓަލަށް ދިޔުމާއި، ލަސްނުކޮށް ބެލެނިވެރިޔާއާއަށް އެންގުން.

- އާންމުގޮތެއްގައި ދަރިވަރުން ބޭނުންވެދާނެކަހަލަ މެޑިކަލް ސަޕްލައި ހުސްވިޔަނުދީ، ބަޖެޓް މެދުވެރިކޮށް ހޯދާފައި ބެހެއްޓުން.

- ސްކޫލް ފެންވަރުގައްޔާއި އިންޓަރ ސްކޫލް ފެންވަރުގެ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާއިރު، ޓީމުގެ ހެލްތު އޮފިޝަލުގެގޮތުގައި ބައިވެރިވުމާއި، ދަރިވަރުން ކުޅޭ ހުރިހާ ވަގުތެއްގައި ކުޅޭތަނުގައި މަޑުކުރުން.

- ދަރިވަރުން ގެންދާ ފީލްޑް ޓްރިޕްތަކުގައި މުދައްރިސްއާއެކު ބައިވެރިވުން.

- ކްލާސްރޫމްތަކާއި، ދަރިވަރުން ބޭނުންކުރާ ފާޚާނާތަކާއި، ސްކޫލުގެ ގޯތިތެރެ ހުރީ ދަރިވަރުންގެ ޞިއްޙަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތަކަށްތޯ ބަލައި، ހަފުތާއަކު އެއްފަހަރު ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައިވާ ކަންތައްތައް އެޑްމިނިސްޓްރޭޝަނާ ގުޅައިގެން ޙައްލުކުރުން.

- ދަރިވަރުންނަށް އަމާޒުކޮށްގެން ދަރިވަރުންގެ ޞިއްޙަތާއި ހެދިބޮޑުވުމާ ގުޅޭ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދިނުުން.

- ސްކޫލުން ތާވަލްކޮށްފައިވާ ހެލްތު ސްކްރީނިންގ، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން.

- ސްޓޫޑެންޓް ސަރވިސަސްއާ ގުޅުން ހުންނަ (ލީވިންގ ސެޓިފިކަޓް ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުންހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓުގެ މަސައްކަތްތައް) އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 15 އެޕްރީލް 2015 އާއި 22 އޭޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

 

 

 

  1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (މި ފޯމު، މި  ސެންޓަރުގެ  ކައުންޓަރުން،  ބަންދުނޫން  ކޮންމެ  ދުވަހަކު 9.30ން 14.00އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓެޑް ކޮޕީ.
  3. އެކްރިޑެޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް، އުޅެފައިވާ މަޤާމާއި، ރޭންކާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:  

 މި މަޤާމަށް  ކުރިލަތިލާން  އެދޭ  ފަރާތްތަކުން،  މަތީގައިވާ  ލިޔުންތައް، 2015 އެޕްރީލް 13 ވާ ހޯމަ  ދުވަހުގެ  މެންދުފަހު 14:00 ގެ ކުރިން މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތަކުގެ އިންޓަވިއުއާއި ޕްރެޒެންޓޭޝަނަށް ބެލުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލް ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިސްކޫލުގެ 3321330 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

13 ޖުމާދަލްއާޚިރާ 1436

 

02 އޭޕްރިލް 2015
ހޯދާ