ދިވެހިރާއްޖެ
ނަންބަރ. (IUL)241-A/241/2024/3
އިޢުލާން
ޤައުމީ ޤުރުޢާން މުބާރާތަށް ކުދިން ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުން
36 ވަނަ ޤައުމީ ޤުރުއާން މުބާރަތަށް ގއ.އަތޮޅުން ހޮވުނު 22 ( ބާވީސް ) ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން އޮންލައިންކޮށް 15 ( ފަނަރަ ) ދުވަހުގެ މުއްދަތަށް ޤުރުއާން ކިޔަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައިމިދަންނަވާ މަޢުލޫމާތާއި އެކު މިކަން ކޮށްދެއްވާނެ އަގެއް ބަޔާންކޮށް 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޤުރުއާނުގެ ޢިލްމް ލެވެލް 6 ނުވަތަ 7ގެ ސަނަދެއް ހާސިލްކޮށްފައިވާ ނަމަ ސެޓްފިކެޓް ކޮޕީ .
- ވޭތުވެދިޔަ 3 އަހަރުގެ ދުވަހުގެ ތެރޭގައި އޮންލައިންކޮށް ޤުރުޢާން އުނގަންނައި ދީފައިވާނަމަ އެކަން އެނގޭނެ ލިޔުމެއް.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
10 ރަޖަބް 1445ހ.
21 ޖަނަވަރީ 2024 މ.
އިބްރާހިމް ޝަހީން
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައިސް