ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ބިން ދޫކުރުން

މިރަށުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް ބިން ބޭނުންވާ ފަރާތްތަކަށް މިރަށު ސްޕޯޓްސް އެރީނާގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުން ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ.

 

ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޟީލް:

  1. ބިމުގެ ބޮޑުމިން: 3000 އަކަފޫޓާއި 5000 އަކަފޫޓް.
  2. މުއްދަތު: 01 އަހަރު
  3. ބިމުގެ މަހު ކުލި: އަކަފޫޓަކަށް 15 ލާރި (ފަނަރަ ލާރި)
  4. ބިން ސާފުކޮށް މަސައްކަތް ފެށުމަށް އެއްވެސް ކުއްޔެއް ނެގުމެއް ނެތި 4 މަސްދުވަސް ދެވޭނެއެވެ.

ވީމާ، ބިން ބޭނުންވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ކައުންސިލް އެގްޒެކެޓިވް އިސްމާޢީލް ޙަމްދޫން ((9712078 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ދެންނެވީމެވެ.

21 ޖަނަވަރީ 2024
ހޯދާ