މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮން އެއަރ އެސިސްޓަންޓް އޮޕަރޭޓަރ

މަޤާމު

އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 3

މަޤާމްގެ ރޭންކް

TP9

ބޭނުންވާ އަދަދު

2

ވަޒީފާ އަދާކުރަންޖެހޭތަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން, މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ދެމާއްދާއިން ފާސްވެފައި ވުމާއި ،މަޤާމާއި ގުޅޭދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .

މައިގަނޑު މަސްއޫލިއްޔަތު

  • ދިވެހިރާއްޖޭގެ އަޑުގެ ބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް އަޑުއެހުމާއި، އޮންއެއަރ ރެކޯޑިންގ ބެލެހެއްޓުން.
  • އައުޓް ޑޯ ބްރޯޑްކާސްޓިންގތައް މޮނިޓުކުރުމާއި ޓެސްޓް ކުރުމާއި، އަދި އެ ޔުނިޓުން އެފަދަ އިވެންޓްތައް ގެންނަ ވަގުތުތަކުގައި އެޔުނިޓާއި އެހީތެރިކަން ފޯރުކޮށްދީގެން ލައިވްތައް ފުރިހަމައަށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރުން.
  • އޮންއެއަރ އޮޓޮމޭޝަން މައްސަލައެއް ދިމާވާނަމަ މެނުއަލްކޮށް އޮންއެއަރ ކުރަންޖެހޭ ހާލަތުގައި ޗެނަލްތަކުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.
  • ސްޓޫޑިއޯތަކުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދީ އަދި ވަގުތުން ހައްލު ނުވާ ވަރުގެ ކަމެއް ދިމާވެއްޖެ ހިނދެއްގައި ސެކްޝަން ހެޑްގެ އިރުޝާދާއެކު އެކަމަކާ ގުޅުން ހުރި ޔުޓިތަކަށް އެ މަޢުލޫމާތު ފޯރުކޮށްދީ އެފަދަ ފަރާތްތަކާ ގުޅިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ

ސަރވިސް އެލަވަންސް

މަހަކު -/5،000 ރުފިޔާ.

މަހަކު -/3،000 ރުފިޔާ

(އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ނޯޓު

 

 

 

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައެއް ނުގަނޭވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން/ ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000284/ 3000210 ނަންބަރު ފޯނާއެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ