ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތެކެވެ.
މަޤާމު: |
މެނޭޖިންގ ޑިރެކްޓަރ |
ބޭނުންވާ ޢަދަދު: 1 |
އަސާސީ މުސާރަ: |
މަހަކު -/12500 ރުފިޔާ |
|
އެލަވަންސް: |
- ސާރވިސް އެލަވަންސް: މަހަކު -/10,000 ރުފިޔާ - ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް -/150 ރުފިޔާ - ފޯން އެލަވަންސް: މަހަކު -/1000 ރުފިޔާ |
|
މަޤާމުގެ ޝަރުޠުތައް: |
- އުމުރުން 18 އަހަރުވެފައިވުން - މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
- ކުންފުނީގެ މަސައްކަތްތައް ރާވާ ހިންގުމާއި ކުންފުނި ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުން - ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާ އަދި އެ ޕްލޭން ތަންފީޒު ކުރުމަށް މަސައްކަތް ކުރުން މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫއުތައް، އަދި ބޭނުންވާ ހިނދު ސްޓްރެޓިޖިކް ޕްލޭނާއި، ބިޒްނަސް ޕްލޭން އަދި އެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވާލައި ބޯޑަށް ހުށަހަޅުއްވައިގެން ފާސްކުރައްވާ، ތަންފީޒްކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން. - ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ބޯޑުގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން. - ކުންފުނީގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް ޚަރަދު ކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދިއުން އަދި އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރުމާއި، ގައިޑްލައިންތަކާއި، ޕްރޮސީޖަރުތަކާއި، އުސޫލްތައް އެކުލަވައި ހާމަކޮށް، ކަން ހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުންފުނި ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދިއުން. - ކުންފުނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ކުންފުނީގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒްކުރުމަށް ގައިޑްލައިންތައް ހަދައި ހިންގުން. - ކުންފުނީގެ މުދަލާއި ފައިސާ އަދި އެ ނޫން ވަސީލަތްތައް ބޭނުންކުރެވެނީ ކުންފުނީގެ އަސާސީ ގަވައިދާ ހިންގާ ގަވައިދާ އަދި ދުނިޔޭގެ އެހެން ކުންފުނިތަކުގެ ބެސްޓް ޕްރެކްޓިސްއާއި އެގޮތަށްކަން ކަށަވަރުކުރުމާއި އަދި ހެޔޮ ގޮތުގައި ދުވަހުން ދުވަހަށް ބެލެހެއްޓުން. - ކުންފުނީގެ ޗެއަރޕާސަންގެ އިރުޝާދާއި އެއްގޮތަށް ކުންފުންޏަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރަށްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން. - ކުންފުނީގެ މަސައްކަތްކުރާ މުވައްޒަފުން ކަންކަމުގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނެ ހަރަކާތްތައް ހިންގުން. |
|
ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް |
މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު [email protected] އަށް 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. އެދެމެވެ.
|