ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 3 މަސްދޯނި ކުއްޔަށް ދިނުން

މިރަށު ރައްޔިތުންނަށް ސަރުކާރުން ހަދިޔާ ކޮށްފައިވާ 85 ފޫޓްގެ ފައިބަރު މަސްދޯނި ކުއްޔަށް ދޯކޮށްގެން ދުއްވުމަށް 2023 ޑިސެންބަރު 20 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ، 131 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. މިގޮތުން ދޯނި ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތްތަކާއި ދޯންޏާއިބެހޭ މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ.

 

ދޯނީގެ މަޢުލޫމާތު:

ދޯނީގެ ރަޖިސްޓްރީ ނަމްބަރ: G1042B-01-10-T          ދޯނީގެ ނަން: ދުރުރާސްތާ 3

ދޯނީގެ ދިގުމިން: 25.910 މީޓަރ                      ދޯނީގެ ފުޅާމިން: 7.320 މީޓަރ

ފުންމިން: 3.380 މީޓަރ                            ކޮޑިމީޓަރ: 92.860

ގްރޮސްޓަނޭޖް: 22.230                            ދޯނީގެ ބާވަތް: ފައިބަރު

އިންޖީނުގެ ބާވަތް އަދި ހޯސްޕަވަރ: ޔަންމާ (350)

 

ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ޝަރުރުތައް:

ދޯނި ކުއްޔަށް ދޫކުރެވޭނީ މިހާރު ދޯނި އޮތް ޙާލަތުގައި، ހަމައެކަނި މަސްވެރިކަން ކުރުމަށެވެ. މި ދޯންޏަކީ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ހުރި ދޯންޏަކަށް ނުވާތީ އެފަދަ އާލާތްތައް ހޯދަންވާނީ ކުއްޔަށް ހިފާފަރާތުންނެވެ. މިދޯނި ކުއްޔަށް ހިފާފަރާތަކީ ރަށުގެ ރައްޔިތަކަށް ވާންވާނެއެވެ. ( ރަށުގެ މީހެއްކަމުގައި ބެލެވޭނީ މިރަށު ރަޖިސްޓްރީގައި އޮތް މީހަކަށެވެ.) ދޯނި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ މީލާދީ 5 އަހަރު ދުވަހެވެ.

 

ބީލަމުގައި ބައިވެރިވުން:

މިދޯނި ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު އުސޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/3000ރ ( ތިންހާސް ރުފިޔާ ) ދެއްކުމަށް ފަހުގައެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ދޫކުރެވޭނީ ބީލަން ނިމޭތާ 15 ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާ ފަރާތްތަކަށް ޑިޕޮސިޓް ފައިސާ ދޫނުކުރެވޭނެއެވެ. އަދި ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ދޯނި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވައި ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 08:00 އިން 13:30 އަށް މިއިދާރާ އަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުވަންވާނެއެވެ. މެއިލް ކުރައްވާނަމަ [email protected] އަށެވެ.

 

ބީލަން ފެށޭ އަގާއި ބީލަން ކާމިޔާބުކުރުން

ދޯނި ކުއްޔަށް ދޫކުރުމަށް ފެށޭ އަގަކީ -/18000ރ ( އަށާރަހާސް ރުފިޔާ ) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/1،000ރ ( އެއްހާސް ރުފިޔާ ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގައި ލިބޭ އަގުތައް އެދުވަހުގެ 14:00 ގެ ފަހުން ކައުންސިލްގެ އިދާރާއިން ނޯޓިސް ޢާންމުކުރާ ބޯޑުތަކުގައި ޢާންމުކުރެވޭނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތުގެ މަޢުލޫމާތު ކައުންސިލަށް ހުށަހެޅުމަށްފަހު އެފަރާތަކާއިއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ދޯނި ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށްހިފާ ފަރާތުން 2 މަހުގެ ކުލި ދައްކަންޖެހޭނެއެވެ.

ވީމާ، ދޯނި ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2024
ހޯދާ