ދިވެހިރާއްޖެ
23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: 2022/R-62 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަށް އިންތިޚާބާ ބެހޭ ކޮމިޓީން ޢައްޔަނުކޮށްފައިވަނީ އަންނަނިވި ފަރާތްތަކެވެ.
- އަލްއުސްތާޛު ޙާމިދު އިސްމާޢީލް (2019/4)
- އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމް (2005/29)
- އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް (2015/24)
އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 20:00 އާ ހަމައަށެވެ.
ޝަކުވާ ފޯމް ލިންކް: https://shorturl.at/atQWY