މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މުއްދަތު

1 އަހަރު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް 4، އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/5020ރ، ސަރވިސް އެލަވަންސް: -/1500ރ

( އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޮންޓްރިއަލް ޕްރިޓޮކޯލްގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކުރުން
  • އެވެއަރނަސް ވަރކްޝޮޕްތަކާއި ސެމިނަރތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ވަރކްޝޮޕް ސެމިނަރތަކުގެ ރިޕޯޓު ތައްޔާރުކުރުން.
  • އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ފޯމު ތައްޔާރުކޮށް ރެޖިސްޓްރީ ބެލެހެއްޓުން.
  • ޕްރޮޖެކްޓްތަކުންކުރެވޭ ޚަރަދުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އޯ.ޑީ.އެސް. ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޕްރޮޖެޖްޓާގުޅޭ އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • އޯޒޯން ޔުނިޓުން ހިންގާ އެންމެހާ ކަންތައްތަކާ ގުޅިގެން ބޭރުން އަންނަ ފަރާތްތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން. (ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުވުންތަކާއި ކޮންސަލްޓަންޓުގެ އެކަމޮޑޭޝަން ފަދަ ކަންކަން ހަމަޖެއްސުން)
  • އެވެއަރނަސް މެޓީރިއަލްސް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  • ތިމާވެށްޓާ ގުޅުންހުރި ދުވަސްތައް ފާހަގަކުރުމުގައި އެހީތެރިވުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330 ، 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިންގާފައިވާ މިންވަރު.
  • އިވެންޓްތައް ރާއްވާ ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.  

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  •  ސުންގަޑި: 09 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު، ޕްރެކްޓިކަލް އާއި އިމްތިހާން ކުރުން 12 އެޕްރީލް 2015 އާއި 30 އެޕްރީލް 2015 އާ ދެމެދު މި މިނިސްޓްރީގައި އޮންނާނެއެވެ.
26 މާރިޗު 2015
ހޯދާ