ދިވެހިރާއްޖެ
މި ސުކޫލުގެ ފާހާނާ އަދި ކުޑަދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 25 ޖަނަވަރީ 2024 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6660844 އަށް ގުޅުއްވައިގެން، ރަޖިސްޓްރީވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.
ތަފްސީލް |
ތާރީޙް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުން ގަޑި
|
25 ޖަނަވަރީ 2024 ބުރާސްފަތި |
10:00 |
މައުލޫމާތު ދިނުން |
25 ޖަނަވަރީ 2024 (ބުރާސްފަތި) |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
29 ޖަނަވަރީ 2024 (ހޯމަ) |
11:00 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އއ މާޅޮހު ސުކޫލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި އެކު ބޭފުޅަކު ފޮނުވުމަށް ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660844 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ.