މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:  1

މުސާރަ: 18,000.00ރ

އެލަވަންސް: މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 4,500.00ރ ގެ ނޮންޕްރެކްޓިސިންގް އެލަވެންސެއް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ބެޗެލާރސް ޑިގްރީ ހާސިލުކޮށްފައިވުން.
  • ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.
  • ޤާނޫނީ ދާއިރާގައި (ގްރެޖުއޭޓް ވުމަށްފަހު) މަދުވެގެން 3 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތުކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

02 އޭޕްރިލް 2015
ހޯދާ