މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދާއި ގުޅޭ
                                ޤަވާޢިދު ނަންބަރު: 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކައުންސިލްތަކަށް ރަށްތައް ދޫކުރެވޭނީ، ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް، ތިރީގައިވާ ބޭނުންތަކަށެވެ.
- ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
 - ތަކެތި ގުދަންކުރުން
 - ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
 - ދޫނި ގެންގުޅުން
 - މަސްކައްކައި ހިއްކުން
 - ލޮނުމަހުގެ މަސައްކަތް ކުރުން
 - ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
 - އެކުއަކަލްޗަރގެ މަސައްކަތް ކުރުން
 - ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
 - ދިރޭމަސް ގެންގުޅުން
 - އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
 - ފައިބަރުގެ މަސައްކަތް ކުރުން
 - ވަޑާމުގެ މަސައްކަތް ކުރުން
 - ވާރކްޝޮޕް ހެދުން
 - އެޅިގަލުގެ މަސައްކަތް ކުރުން
 - ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
 - ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން
 
ވީމާ، މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
06 ރަޖަބު 1445 ހ.
             21 ޖަނަވަރީ 2024
            
        
                    ހޯދާ  
                
                