މާޤާމު: ޑިރެކްޓަރ ޖެނެރަލް
|
ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް
|
ރޭންކް: އީ އެކްސް 5
|
މުސާރަ: 13890.00ރ
|
ސަރވިސް އެލަވަންސް: 2000.00 ރ.
|
ބޭނުންވާ އަދަދު: 1
|
ސްޕެޝަލް އެލަވަންސް: މުސާރައިގެ %35
|
ޑިވިޜަން: މެނޭޖްމަންޓް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- މިނިސްޓްރީގެ ސްޓްރެޓަޖިކް ޕްލޭން ތައްޔާރު ކުރުމަށް އެހީތެރިވުމާއި މިނިސްޓްރީގެ އަހަރީ ބަޖެޓް ކަނޑައެޅުމަށް އެހީތެރިވުން.
- އަހަރީ ބަޖެޓް ތަންފީޛު ކުރުމުގައި މާލީ ޒިންމާދާރު އިސްވެރިޔާއަށް އެހީތެރިވުން.
- މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް މެއިންޓެއިން ކުރުމުގެ ކަންތައްރާވައި ހިނގާ ނުހިނގާ ގޮތް ބެލުން.
- މިނިސްޓްރީގެ އޮނިގަނޑު މުރާޖާކޮށް އިސްލާޙު ކުރުމުގެ މަސައްކަތް ކުރުން.
- މިހާރު މިނިސްޓްރީގައި އެކުލަވާލެވިފައިވާ އެކި އެކި އުސޫލުތައް މުރާޖާ ކޮށް އިސްލާޙު ކުރުން.
- މިނިސްޓްރީގެ ދަށުގައި ރާއްޖެއިން ބޭރުގައި ޤާއިމުކުރެވިފައިވާ ރާއްޖޭގެ މިޝަންތަކުގެ އޮނިގަނޑުތައް މުރާޖާކޮށް އިޞްލާޙު ކުރުމާއި މިނިސްޓްރީގެ މިޝަންސް ކޯޑިނޭޝަން ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި މަސައްކަތްތައް ހަރުދަނާ ކުރުން.
- މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އޯޑިޓާ ގުޅޭ މައްސަލަތައް ބެލެހެއްޓުމާއި އޮޑިޓްގެ ރިޕޯޓުގައި ކަނޑައަޅުއްވާ އިޞްލާޙުތައް ތަންފީޛުކޮށް މައްސަލަތައް ހައްލު ކުރުން.
- މިނިސްޓްރީގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ރާވައި ހިންގުން.
- މިނިސްޓްރީގެ ހިއުމަން ރިސޯސްއާއި ބަޖެޓް ޑިވިޜަންގެ މަސައްކަތްތައް ސްޕަވައިޒް ކުރުން.
|
ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛
- މެނޭޖްމަންޓް/ ފޮރިންރިލޭޝަންސް/ އެޑްމިނިސްޓަރޭޝަން/ ހިއުމަން ރިސޯސަސް އާގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
އިނާޔަތް:
|
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރައްވަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
|
އިންޓަވިއު އޮންނާނެ މުއްދަތު
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 17-30 އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތް ހޮވުމަށް ބެލޭނެކަންތައްތައް
|
- ތަޢުލީމާއި ތަމްރީން ކަނޑައެޅިފައިވާ އިންސައްތަ: (%48)
- މަސައްކަތުގެ ތަޖުރިބާ ކަނޑައެޅިފައިވާ އިންސައްތަ: (% 15 )
- އިންޓަވިއު/ ޕްރެކްޓިކަލް ކަނޑައެޅިފައިވާ އިންސައްތަ: (%37)
|
އެޕްލިކޭޝަން ފޮނުވަންވީ
ތާރީޚު:
|
15 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއޮފް ފޮރިން އެފެއާޒަށެވެ.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމުު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޟް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަޞްޢޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)
|
ސަމާލުކަމަށް
|
އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީއިން އަންގާނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304184 އަށް ގުޅުއްވުން އެދެމެވެ.
އީމެއިލް ކުރެއްވާނީ [email protected] އަށެވެ.
|