ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްޓަކައި މިމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2024/003 

ތާރީޚް: 20 ޖަނަވަރީ 2024

މަޤާމް

ލޭބަރަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/3,700 ރ

އެހެނިހެން އިނާޔަތްތައް:

- -/4،000 ރ އާއި -/5،000 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގްރޭޑް 8 ނިންމާފައިވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

- އުމުރުން 18 (އަށާރަ) އަހަރުފުރި 40 (ސާޅީސް) އަހަރު ނުފުރޭމީހެއްކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1.  ބަނދަރަށް އަންނަ ބޯޓުފަހަރާއި އުޅަނދުފަހަރުން މުދާ / ކޮންޓެއިނަރ އަރުވައި ބޭލުމުގެ އެންމެހާ މަސައްކަތް ކުރުން.
  2. ބޯޓުފަހަރަށް އަރުވާ ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިން / ލޭޝިން ކުރުމުގައި ބޯޓުގެ ސީނިއަރ ފޯމަން އަންގާގޮތެއްގެ މަތިން ފަރުވާތެރިކަމާއި ރައްކާތެރިކަމާއިއެކު ކުރުން.
  3. ކުޅުދުއްފުށީ ޕޯޓް ސަރަޙައްދު ސާފުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  4. މަސައްކަތަށް ފޮނުވާ ޕޮއިންޓް ތަކުގައި މަސައްކަތް ކުރުވަން ގޮސް ހުންނަ މީހަކު އަންގާ ގޮތަކަށް މަސައްކަތް ކުރުން.

މަޤާމް

ކުރޫ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/3،700 ރ

އެހެނިހެން އިނާޔަތްތައް:

- -/4،000 ރ އާއި -/5،000 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގްރޭޑް 8 ނިންމާފައިވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

- އުމުރުން 18 (އަށާރަ) އަހަރުފުރި 40 (ސާޅީސް) އަހަރު ނުފުރޭމީހެއްކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

- ވަޒީފާ ދިނުމުގައި މެރިން މެކޭނިކް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކޮންމެ ދުވަހަކުވެސް ޓަގް މާސްޓަރާއިއެކު ތެލާއި ފެން ޗެކްކުރުން.

- ކޮންމެ ދުވަހަކުވެސް ޑިއުޓީގައި ބިއްލޫރިތަށް ސާފުކޮށް އެތެރެއާއި ބޭރު ދޮވެ ސާފުކުރުން.

- އުޅަނދުއަޅާ ފައްތިޔާ ހަފްތާއަކު އެއްފަހަރު ޗެކްކުރުން.

- އުޅަނދުން ދަބަރު ފިލުވައި ދަވާދުލާން ޓަގް މާސްޓަރުން އަންގާ ތަންތަނުގައި ދަވާދުލާ ބެލެހެއްޓުން.

- އުޅަނދުގައި ޚިދުމަތްދޭއިރު ކޮންމެ މަސައްކަތެއްވެސް ވީހާ ފަރުވާތެރިކަމާއި އެކު އެމަސައްކަތެއް ކުރުން.

ސުންގަޑި:

31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

އެޕްލިކޭޝަން މެއިލް ކުރައްވާ ނަމަ:

[email protected]

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު:

https://shorturl.at/gjnAM

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

20 ޖަނަވަރީ 2024
ހޯދާ