ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމާދަށް އަހުލުވެރި އާޖީލެއް ބިނާކުރުން

ނަމާދަށް އަހުލުވެރި އާޖީލެއް ބިނާކުރުން

ރަށުގެ ނޫކަށިފުރައިގެ ޅަޒުވާނުން ހެޔޮގޮތުގައި ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން މި ކައުންސިލުން ހިންގުމަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން "ނަމާދަށް އަހުލުވެރި އާޖީލެއް" ބިނާކުރުން މި މަޢުޟޫޢުގެ ދަށުން ހިންގޭ 2ވަނަ ހަރަކާތް "ނަމާދު ޕްރޮގްރާމް" މި ކައުންސިލާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި ގުޅިގެން، ހިންގުމަށް ހަމައްޖައްސައިފީމެވެ.

މި ޕްރޮގްރާމް އަމާޒުކުރަނީ ދާންދޫ ސްކޫލުގައި ކިޔަވަމުންދާ ޢުމުރުން 13 އަހަރާއި 14 އަހަރުގެ ދެޖިންސުގެ ދަރިވަރުންނަށެވެ. މިޕްރޮގްރާމުގެ މުއްދަތަކީ 15 ދުވަހެވެ. މިޕްރޮގްރާމުގެ ކިޔެވުން ފެށޭނީ 07 ފެބުރުއަރީ 2024 އިން ފެށިގެންނެވެ. މި ޕްރޮގްރާމުގެ ކިޔެވުން އޮންނާނީ 18:00 އިން ފެށިގެން 21:00 އާއި ދެމެދުގެ ވަގުތެއްގައިއެވެ. ފަހުން ބައިވެރިންނަށް ޓައިމްޓޭބަލް ހިއްސާކުރެވޭނެއެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން 31 ޖެނުއަރީ 2024ވަނަ ދުވަހުގެ 14:00ގެ ކުރިން މި ލިންކުން https://forms.gle/YWb2V86TtLDM2X8o9 މި ފޯމް ފުރައިގެން މިޕްރޮގްރާމުގައި ބައިވެރިވެލެއްވުން އެދެމެވެ. އިތުރުމަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ މި ޕްރޮގްރާމުގެ ފޯކަލް ޕޮއިންޓް / ކައުންސިލް އެގްޒެކެޓިވް، މުޙައްމަދު ޢަލީ (ނަންބަރ: 7830720) އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

06 ރަޖަބު 1445ހ

18 ޖަނަވަރީ 2024
ހޯދާ