މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫގައި ބާބަކިއު އޭރިޔާތަކެއް ހަދާނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         އިޢުލާން

                   ކ. ގުރައިދޫގައި ބާބަކިއު އޭރިޔާތަކެއް ހަދާނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 29 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 150.00 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރ

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 30 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 08:30 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 29 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ޖަނަވަރީ 2024
ހޯދާ