ދިވެހިރާއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސް ބިލްޑިންގގެ 1 ވަނަ ފަންގިފިލާގައި ރިސެޕްޝަން އޭރިއާ ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސައިޓް ސާރވޭ ކުރެއްވުމަށް 21 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހާ 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހާ ދެމެދު ކޮންމެ ރަސްމީ ދުވަހަކު 9:00 އާއި 14:00 އާ ދެމެދު މި އޮފީހުގެ ފޯން ނަންބަރު 3323939 އަށް ގުޅުއްވާ ވަގުތު ހަމަޖެއްސެވުމަށްފަހު ސްޓަރ ކްލައުޑްސް ބިލްޑިންގގެ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.