ދިވެހިރާއްޖެ
މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ދޮރާއި ދޮރުފަތް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލު ކުރުމާބެހޭ
މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ދޮރާއި ދޮރުފަތް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމަށް ކުރި ނަންބަރު: GS08/2015/03ފ(29 ޖަނަވަރީ 2015) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ދޮރާއި ދޮރުފަތް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލު ކުރުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޭޕްރިލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
11 ޖުމާދަލްއާޚިރާ 1436