ދިވެހިރާއްޖެ
މި ކައުންސިލުން ދެމުންގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކޮށްދޭނެ އަންހެން އެގްޒަމިނަރެއް ހޯދުމަށް ހުޅުވާލަމެވެ. |
|
ބޭނުންވާ ޢަދަދު |
އަންހެން 01 (އެކެއް) |
ކޮންޓްރެކްޓް މުއްދަތު |
02 ( ދޭއް ) އަހަރު |
އުޖޫރަ |
- A1, A0 ކެޓަގަރީގެ އުޅަނދަކަށް 15.00 (ފަނަރަ ރުފިޔާ) - އެހެނިހެން ކެޓަގަރީތަކުގެ ކޮންމެ އުޅަނދަކަށް 25.00 ( ފަންސަވީސް ރުފިޔާ) |
ޝަރުތު |
- އުމުރުން 55 އަހަރުވެފައިވާ މީހެއްކަމުގައި ނުވުން. - ފާއިތުވީ 05 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން. - ދޫކުރި ތާރީޚުން ފެށިގެން 05 އަހަރު ދުވަސްވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން - A1,A0,B1ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުމާއެކު މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ. - މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން. |
މަސްއޫލިއްޔަތު |
|
ޚިދުމަތް ދޭ ގަޑި |
ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00ން މެންދުރު 11:00އަށް. |
މިކަމަށް އެދި ހުށަހަޅަންވީ ގޮތާއި ސުންގަޑި |
2024 ފެބުރުވަރީ 01 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސިޓީއަކުން މި ކައުންސިލަށް. މިކަމަށް އެދި ހުށަހަޅާ ސިޓީގައި، ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެވޭނެކަން ބަޔާންކުރަން ވާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ހޮޓްލައިން ނަންބަރު: 1658އާ ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. |