ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓް ދިނުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން 2024 މާރިޗު 07 ވަނަ ދުވަހުގެ ކުރިން ކާޑު ހެއްދެވުމަށް.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓް ދިނުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން 2024 މާރިޗު 07 ވަނަ ދުވަހުގެ ކުރިން ކާޑު ހައްދަވައި ނިންމެވުމަށް ދެންނެވީމެވެ. ވޯޓްލުމަށް ކަނޑައެޅިފައިވާ ދުވަހާ ކައިރިކޮށް ގިނަ ބަޔަކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހަޅައިފިނަމަ، އެ އެންމެންގެ ކާޑު ނިންމާ ޙަވާލު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށްޓަކައި ދުރާލާ ކާޑު ހެއްދުމުގެ ކަންތައް ނިންމަވައިގެން ތިއްބެވުމަށް ދެންނެވީމެވެ. އަދި ކާޑު ހެއްދެވުމަށްފަހު، ބައެއް ފަރާތްތަކުގެ ކާޑު ނުނަންގަވާ މިޑިޕާޓްމަންޓްގައި ހުރިކަންވެސް ފާހަގަ ކުރަމެވެ.

ވީމާ، މިކާޑުތަކުގެ ވެރިފަރާތްތަކުން އެފަރާތެއްގެ ކާޑު ވެވަޑައިގެން އެންމެ އަވަސް ފުރުޞަތެއްގައި ނަންގަވައި ނިންމެވުމަށް ދެންނެވީމެވެ.

18 ޖަނަވަރީ 2024
ހޯދާ