ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއެނބޫދޫ ފުޓްބޯޅަދަނޑުގެ އިންފާރު މަރާމާތުކުރުމާގުޅޭ

މާއެނބޫދޫ ފުޓްބޯޅަދަނޑުގެ އިންފާރު މަރާމާތު ކުރުމާގުޅޭ

މިއިދާރާގެ ނަންބަރު: IUL)380/2015/9)ފ(19-03-2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު، މިކައުންސިލުން ދެއްވާ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް މިރަށު ފުޓްބޯޅަދަނޑުގެ އިންފާރު ރޭނުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚާއި ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތާރީޚާއި ސުންގަޑި:
  • ތާރީޚު: 07 އެޕްރީލް 2015 އަންގާރަ ދުވަހުގެ 14:00 ގައި
  • ތަން:  މާއެނބޫދޫ ކައުންސިލްގެ އިދާރާގައި
  • އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ސުންގަޑި:
  • ތާރީޚު: 14 އެޕްރީލް 2015
  • ތަން:  މާއެނބޫދޫ ކައުންސިލްގެ އިދާރާ
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް 6760043 ، 7758070 ފޯނާ ގުޅުއްވުން އެދެމެވެ.
  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބުތައް ހިފައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ