ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ފާހާނާ މަރާމާތު ކުރުމާއި ހިޔާކޮށް ގާ އެތުރުމުގެ މަސައްކަތް



ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ފ.ނިލަންދޫ،                                                   އިޢުލާން ނަންބަރ: (IUL)GS37-B/GS37/2024/3
ދިވެހިރާއްޖެ.                                                   ޕްރޮޖެކްޓް ނަންބަރު: -

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުގެ ބައެއް ފާޚާނާތައް މަރާމާތުކުރުމާ ހިޔާކޮށް ގާ އެތުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
1. މި މަރުކަޒުގެ ބައެއް ފާޚާނާތައް މަރާމާތުކުރުމާ ހިޔާކޮށް ގާ އެތުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
2. މި ކަމަށްއެދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014)ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
3. މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
4. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 ޖަނަވަރީ 18 ން 2024 ޖަނަވަރީ 24 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
5. މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ސާފްކުރެއްވުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2024ޖަނަވަރީ25ވާ ބުރާސްފަތިދުވަހުގެ 11:00ގައި މި މަރުކަޒުގެ އިދާރައިގައެވެ. އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި މަރުކަޒަށް ދުރުވެ، ނުވަތަ 7952909 ނަންބަރ ފޯނަށް ގުޅުއްވައިގެން، އެ މަޢުލޫމާތެއް ސާފްކުރެއްވުން އެދެމެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުވަރީ 06 ވާ އަންގާރަދުވަހުގެ 11:00 ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
7. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.


ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 7952909
އީ-މެއިލް: [email protected]

 

17 ޖަނަވަރީ 2024
ހޯދާ