ދިވެހިރާއްޖެ
މި ރަށުގެ ބަނދަރު ސަރަހައްދުން ވިޔަފާރި ބިމުގެ ގޮތުގައި ދެ ބިމެއް 15 އަހަރުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)408-ESMS/408/2023/36 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑް ޕްރޮޕޯސަލްތަކުގެ މައުލޫމާތު ފުރިހަމަނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2024 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ -/2,000ރ (ދެހާސް ރުފިޔާ) އެވެ. މި އިދާރާގެ ނަންބަރު (IUL)408-ESMS/408/2023/36 އިޢުލާނާ ގުޅިގެން ބީލަން ކަރުދާސް ބައްލަވައިގެންފައިވާ ފަރާތްތަކަށް އިތުރު އަގަކާނުލާ ބީލަން ކަރުދާސް ދޫކުރެވޭނެއެވެ. ބީލަން ކަރުދާސް ލިބިވަޑައި ގަންނަވާނީ 2024 ޖަނަވަރީ 21 ވާ އާދީތައް ދުވަހުން ފެށިގެން 2024 ޖަނަވަރީ 29 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.
ބީލަން ކަރުދާސް ވިއްކުން |
2024 ޖަނަވަރީ 21 އިން 2024 ޖަނަވަރީ 29 އަށް |
ޕްރީ-ބިޑް ބައްދަލުވުން |
2024 ޖަނަވަރީ 19 ވަނަ ދުވަހު 13:00 ގައި. |
ބީލަން ހުޅުވުން |
2024 ފެބުރުވަރީ 08 ވަނަ ދުވަހުގެ 13:00 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިކަމަށް ދޫކުރާބިން އެނގޭނެ ޗާޓެއް މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.