ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީ ތަކުން އުފެދޭ ކުނި ނަގައި ދޭނެ ފަރާތެއް ހޯދުން

ގޭބިސީ ތަކުން ކުނި ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

        ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ފެށުމަށްޓަކައި މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށްޓަކައި 24 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.

-          ނަން  (ކުންފުނި / އަމިއްލަފަރުދުންގެ)

-          މެއިލް އެޑްރެސް

-          މޯބައިލް ނަންބަރ

މައުލޫމާތު ދިނުން.

މަޢުލޫމާތު ދިނުން އޮންނާނީ 25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:30 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުން: 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަކާއި މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.
  • ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ގޭބިސީތަކުން ކުނި ނެގުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

 

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގު  90 މާރކްސް
  • ތަޖުރިބާ 10 މާރކްސް

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

18 ޖަނަވަރީ 2024
ހޯދާ