މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ނަމްބަރު:01/2024/(IUL) GS118

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ފޮއްދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

  1. ފޮއްދޫ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 21 ޖެނުއަރީ 2024 އިން 25 ޖެނުއަރީ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޖެނުއަރީ 2024 ވާ އާދިއްތަ 12:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 ޖެނުއަރީ 2024 ވާ އަނގާރަ ދުވަހުގެ 13:00 ގައިމިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. ބިޑް ހުށައެޅޭނީ ކަނޑައެޅިފައިވާ ތާރީޚްގައި ނަން ނޯޓްކޮށް، މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

 

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 08 ފެބްރުއަރީ 2024 ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޮއްދޫ ސްކޫލް

ނ.ފޮއްދޫ، ދިވެހިރާއްޖެ

ފޯން: 6561807

   [email protected]އީމެއިލް ކުރާނީ:   

18 ޖަނަވަރީ 2024
ހޯދާ