ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި ކުރަންހުރި މަރާމާތާބެހޭ

ގއ. ވިލިނގިލީ ކައުންސިލް އިދާރާގައި ކުރަންހުރި މަރާމާތާބެހޭ

މިއިދާރާގެ ފުރާޅަށް ބަދަލުގެނެސް ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު:B-407/2015/24 އިއުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ ހުށަހެޅުނު އަންދާސީހިސާބު ބާޠިލުކޮށް، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލައިފީމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރާއިރު މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

1- ހުށަހެޅޭ އަގަށް                     %60

2- ލިބިފައިވާ ތަޖުރިބާ އާއި މާލީ ތަނަވަސްކަމަށް    %25

3- މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތަށް      % 15                   

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015
ހޯދާ