ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އަގު ކަނޑައެޅުމާއި ގުޅޭ

                  ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ނަންބަރު: 2022/R-181 ( ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު ) ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން، ހދ.ކުމުންދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު  ހދ.ކުމުންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 136 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މިއުލާނާއެކު ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ އުޞޫލު އާާމުކުރީމެވެ.

 

 އަގު ދެއްކުމަށް ކައުންސިލުން ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

 

1-      އެއްފަހަރާ ފައިސާދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 40.00 ރ (ސާޅީސް ރުފިޔާ)

2-      ފައިސާ ދައްކާ މުއްދަތު 12 (ބާރަމަސް) ދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 45.00ރ (ސާޅީސް ފަސް ރުފިޔާ)

 

 

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ޖަނަވަރީ 2024
ހޯދާ