ދިވެހިރާއްޖެ
މި ވުޒާރާގެ ބެލުމުގެ ދަށުގައިވާ، 2 އޭ.ޕީ.ސީ އިންރޯ ކޫލިންގ ސިސްޓަމް އާއި 2 ޔޫ.ޕީ.އެސް ސިސްޓަމް ސާރވިސްކޮށް ބެލެހެއްޓުމަށް ކުރެވުނު ނަންބަރު (IUL)13-E/13/2024/12 (8 ޖަނަވަރީ 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ދެންނެވިފައިވާ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 31 ޖަނަވަރީ 2024، 13:30 އަށް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected] މެއިލް ކުރެއްވުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.