ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެގެން އައި.ޑީ ކާޑު ހެއްދުން.

އިލެކްޝަންސް ކޮމިޝަންގެ ނަންބަރު (IUL)38-DC/38/2024/13 (10 ޖަނަވަރީ 2024) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުއްވުން އެދެމެވެ. އަދި 22 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މަޢުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ދެވޭނީ، އެފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވޯޓު ނުލެވެވުނު ނަމަވެސް، އެފަރާތްތަކުން އިޢުތިރާޟް ނުކުރާކަމުގައިވާ ނަމައެވެ.

އަދި ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެވާހަކަވެސް ދެންނެވީމެވެ.

18 ޖަނަވަރީ 2024

18 ޖަނަވަރީ 2024
ހޯދާ