މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ މަލްޓިޕާޕަސް އިމާރާތަށް ކަރަންޓު ލުމަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ

 

އިޢުލާން

ބ.އޭދަފުށީ މަލްޓިޕާޕަސް އިމާރާތަށް ކަރަންޓު ލުމަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ

    މަލްޓިޕާޕަސް އިމާރާތަށް ކަރަންޓު ލުމަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސަޕްލައި ކުރުމަށް ބޭނުންވާ ކޭބަލް ރޯލުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

  • 90meters  ELECTRIC CABLE 4C x 50sqmm CU/XLPE/SWA/PVC  600/1000V

 

1-      އަގު ހުށަހަޅަންވާނީ ބ.އޭދަފުށި މަލްޓިޕާޕަސް އިމާރާތާއި ހަމައަށްކޭބަލް ރޯލު ފޯރުކޮށްދިނުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ސަޕްލައި ކުރާފަރާތުންނެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 18 ޖަނަވަރީ 2024 (ބުރާސްފަތި) ދުވަހުން ފެށިގެން 24 ޖަނަވަރީ 2024 ވާ (ބުދަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

ލިންކު: https://forms.gle/kjHxhLE8Zaenh1qP8

 

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ކޮޓޭޝަން / އެސްޓިމޭޓް

2-      ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓް

3-      އައި.ޑީ.ކާޑު ކޮޕީ

4-      ތަޖުރިބާ ލިޔުންތައް

5-      މިއިއުލާނާއި އެކު ގެޒެޓް ކޮށްފައިވާ ޖަދުވަލުތައް

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (80 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 80 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ އަގަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

2

މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.
  • ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10

3

ތަޖުރިބާއަށް ޕޮއިންޓް ދޭނެ ގޮތް (10 ޕޮއިންޓް)

 

  • އެންމެ ގިނަ މާކްސް ލިބޭނީ މިމަސައްކަތާއި ގުޅުންހުރި އެންމެ ގިނަ މަސައްކަތްކޮށް އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖަނަވަރީ 29 ވާ ހޯމަ ދުވަހުގެ 10:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07  ރަޖަބު 1445

18 ޖަނަވަރީ 2024
ހޯދާ