އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: އިސްކަންދަރު ސްކޫލް

މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް: ކ. މާލެ
މަސައްކަތްކުރަން ހަމަޖެހިފައިވާ ސެކްޝަން: އެކަޑަމިކް

މަޤާމުގެ ބާވަތް: ދާއިމީ   

 

މަޤާމުގެ ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ކޮމްޕިއުޓަރ ޓެކްނީޝަން

MS1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610

 

-/2000

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ސްކޫލުގެ ކޮމްޕިއުޓަރ، ސާރވާ، ނެޓްވޯކް ޓްރަބަލްޝޫޓިންގގައި ދިމާވާ މައްސަލަތައް ޗެކްކުރެއްވުމަށްފަހު މަރާމާތުކުރުމާއި،  ކޮމްޕިއުޓަރަށް ދިމާވާ ހުރިހާ މައްސަލަތައް ބެލެހެއްޓުމާއި، ސާރވާގެ ސެކިއުރިޓީ ބެލެހެއްޓުން.

- ސްކޫލުގެ ނެޓްވާރކް ބެލެހެއްޓުމާއި، ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 

- ސްކޫލުގެ ހުރިހާ ސިސްޓަމްތައް ރަނގަޅަށް ބަލައި ޗެކްކުރުމާއި، ވައިރަސް ސްކޭންކޮށް އަޕްޑޭޓްކުރުން.

- އެން.ސީ.އައި.ޓީ އާ ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވަރކުގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.

- ސްކޫލުގެ ދަރިވަރުންނަށް ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތައި، ކުދިންގެ ކުރިމަތީގައި ރީތިއާދައާއި، އަޚްލާޤީ މިސާލެއްކަމުގައިވުމަށާއި، ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް މުވައްޒަފެއްގެ ހައިސިއްޔަތުން، ވެރިންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން.

- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

 - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއ.ް
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:  

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން މި މަޤާމަށް ކުރިމަތިލައިގެން މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކުރެވިފައިވާ  ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލް ސަރވިސްގެ ކޮމިޝަނުގެ ސީވީ ނަމޫނާއާ އެއްގޮތަށް)
  • ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުން، 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިސްކަންދަރު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރުން، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މި ސްކޫލުގެ މީޓިންގ ރޫމުގައެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3323244 ނަންބަރު ފޯނާއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ