މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ "ވަރކް ޕަރމިޓް މެޑިކަލް ހުށަހެޅުމާގުޅޭ

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

            މާލެ،

           ދިވެހިރާއްޖެ

ޢިއުލާން 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ "ވަރކް ޕަރމިޓް މެޑިކަލް" ހުށަހެޅުމާގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)10-H/10/2024/01 (03 ޖަނަވަރީ 2024) އިޢުލާނަށް ޙަވާލާދީ ދަންނަވަމަވެ.

ޙަވާލާދީފައިވާ އިޢުލާނުގައި 2024 ޖަނަވަރީ 04 ވަނަ ދުވަހުން ފެށިގެން އެންޓްރީޕާސްގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާއަދާކުރަން އަންނަ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރެވޭނީ ، ވަރކް ޕަރމިޓް މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅައިގެން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި 2024 ޖަނަވަރީ 04 ގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންނަށް ، ވަރކް ޕަރމިޓް ފީ ދެއްކޭނީ ވަރކް ޕަރމިޓް މެޑިކަލް ހުށަހަޅުމުން ކަމުގައިވެސް ޙަވާލާދީފައިވާ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، މި ތާރީޚުގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންނަށް ވަރކް ޕަރމިޓް ފީ ދެއްކުމަށް މެޑިކަލް މެންޑޭޓަރީ ކޮށްފައި އޮތުމުގެ ސަބަބުން، ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ ގިނަ ބިދޭސީންތަކެއްގެ ވަރކް ޕަރމިޓް މެޑިކަލް ހެއްދުމުގައި ދަތިތަކަކާ ކުރިމަތިވަމުންދާ މައްސަލަ މި މިނިސްޓްރީއަށްދަނީ ހުށަހަޅަމުންނެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ތާރީޚު (2024 ޖަނަވަރީ 04) ގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ވަރކް ޕަރމިޓް މެޑިކަލް ހުށަހެޅުމަކާ ނުލައި، 2024 ޖުލައި 04 ވަނަ ދުވަހާހަމައަށް، ސިސްޓަމް މެދުވެރިކޮށް ވަރކް ޕަރމިޓް ފީ ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ.

އަދި 2024 ޖުލައި 04 ގެ ނިޔަލަށް ވަރކް ޕަރމިޓް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ޤަވާއިދު ނަންބަރު 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެކަމުގައިވެސް ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

 

17 ޖަނަވަރީ 2024
ހޯދާ