ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ޑިޕާޗަރ ހޯލުގެ ސީލިންގ ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާރމިނަލް ޑިޕާޗަރ ހޯލްގެ ސީލިންގ ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/24)ފ(05 މާރިޗު 2015) އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތުގެ ސްކޯޕަށް ގެންނަންޖެހުނު ބަދަލުތަކަކާ ގުޅިގެން މިއިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޕެސެންޖަރ ޓާރމިނަލް ޑިޕާޗަރ ހޯލްގެ ސީލިންގ ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކޮށް، ލައިޓު ހަރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 08 އެޕްރީލް 2015 (ބުދަ) ދުވަހުގެ 10:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އެޕްރީލް 2015 (ބުދަ) ދުވަހުގެ 10:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދިދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015
ހޯދާ