ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ފުރުޞަތު

ކޮންސަލްޓެންސީގެ ފުރުޞަތު

މި އޮތޯރިޓީގެ ނަންބަރު IUL)450/1/2015/2) އިޢުލާނާ ގުޅިގެން މީޑިއާ އެންޑް އެޑްވޮކަސީ ޕްލޭން ތައްޔާރުކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯޒަލްގެ އަދަދު މަދުވުމާއެކު، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ކޮންސަލްޓެންސީ

ލޯކަލް ކޮންސަލްޓެންޓް (ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން) 

މަސައްކަތުގެ އަގު

މަސައްކަތުގެ އަގު ކަނޑައެޅޭނީ ހުށަހެޅޭ ޕްރޮޕޯޒަލެއްގެ މައްޗަށް ބިނާކޮށެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

  1. ކޮމިއުނިކޭޝަން، މީޑިއާ ނުވަތަ ޖާނަލިޒަމްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ލެވެލަށް ތަޢުލީމު ހާސިލު ކޮށްފައިވުން.
  2. 5-3 އަހަރުގެ ކޮމިއުނިކޭޝަން، މީޑިއާ ނުވަތަ ޖާނަލިޒަމްގެ ދާއިރާގެ މަސައްކަތުގެ  ތަޖުރިބާ ހުރުން
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން
  4. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެނގުން
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން
  6. އަތޮޅުތަކަށް މިމަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރިނުވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުވުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން. މިގޮތުން މިމަސައްކަތްކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ (މާލެ އަދި އަތޮޅުތައް ހިމެނޭގޮތަށް) މަޝްވަރާ ހޯދަން ވާނެއެވެ.

ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އަށް ވަޑައިގެން، "މީޑިއާ" ނެންގެވުމަށްފަހު "އިޢުލާން" ނެންގެވުމުން ލިބޭނެއެވެ.  http://fpa.gov.mv/downloads/MAAP.pdf

މި ކޮންސަލްޓެންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)

ނޯޓު:

- މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މިކޮންސަލްޓޭޝަންއަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.

- ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

މި ކޮންސަލްޓެންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 07 އެޕްރީލް 2015 ވަނަ ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

31 މާރިޗު 2015
ހޯދާ