ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)438-AU/1/2024/01 (08 ޖަނަވަރީ 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ ތަކެތި ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.
ނީލަން ކިޔުން |
28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހު |
10:00 ހެނދުނު |
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން. |
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް ހިއްޕަވައިގެން މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާއި އެއްގޮތައް ގަޑިއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ.
ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެއްޗާއި ހަވާލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3018300 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.