ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމް ލައިސަންސް ޓްރެކް ބިން ސާފްކުރުމަށް ބޭނުންވެއްޖެ

                                                           ނަންބަރ.   (IUL)241-A/241/2024/1

އިޢުލާން

 

އެއްގަމް ލައިސަންސް ޓްރެކްގެ ބިން ސާފްކުރުމާއިގުޅޭ   

 

                  އަތޮޅުކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްގަމު ލައިސަންސް ޓްރެކް ބިމުގެ އެތެރެ އާއި ބޭރުގެ ބައުންޑަރީ ހިމެނޭ ސަރަޙައްދުގެ ވިނަނޮޅާ، ބިމުގައިވާ ބޮޑެތި ގާތާއް ނަގާ، އަދި އަތޮޅުކައުންސިލުން އަންގާ ގޮތެއްގެ މަތިން އެތަނުގައި ހުރި ގަސްތައް ކޮށައި، އަމިއްލަ ތަކެތީގައި އެތަން ސާފްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެވެ. 

                  ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2024ވާ އަންގާރަ  ދުވަހުގެ 13.00އަށް މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް ސެކްޝަނުގެ އީމެއިލް އެޑްރޭހަށް )   ( [email protected] ފޮނުއްވައިދެއްވުން އެދެމެވެ.

                  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ

                  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް

                  ގުޅޭނެ ނަންބަރު

                   ވީމާ، މި މަސައްކަތް ކޮށް ދިނުމަށް އެދި ހުށަހަޅާ ކޯޓޭޝަން 29 ޖަނަވަރީ 2024ވާ ހޯމަދުވަހުގެ 13.30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                   މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް        70%
  • މުއްދަތަށް           30%

                   މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                   6  ރަޖަބް     1445ހ.     

                   17   ޖަނަވަރީ  2024 މ.

 

                                                         އިބްރާހިމް ޝަހީން 

                                               ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައިސް

17 ޖަނަވަރީ 2024
ހޯދާ