މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން

މިކޯޕަރޭޝަންގެ 1436 (2015) ވަނަ އަހަރުގެ ޙައްޖުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ 1436 (2015) ވަނަ އަހަރުގެ ޙައްޖު އަދި ޢުމްރާގެ ވައިގެ ދަތުރުތައް ހަމަޖައްސާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ (އިޢުލާން: MHCL/IUL/2015/20) މުއްދަތު އިތުރުވުމާއި އަދި ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، ޙައްޖުގެ އަޅުކަމާ ގުޅުންހުރި ވައިގެ ދަތުރާބެހޭ ބައި ވަނީ ބާޠިލުކުރެވިފައެވެ. ވީމާ، މިކޯޕަރޭޝަންގެ 1436 (2015) ވަނަ އަހަރުގެ ޙައްޖުގެ ދަތުރުތަކުގައި ބައިވެރިވަޑައިގަންނަވާ ޙައްޖާޖީން ހުޅުލޭ އިބުރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގ ޢަބްދުލްއަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެ މަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާބެހޭ މަޢުލޫމާތު ދިނުން

08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓް (14:00) ގައި މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ހާޒިރުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

އަމީނީމަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:

ޔޫސުފް ނައީމް

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯއްދެވިދާނެއެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (އެއީ: (GMT+5:00 އެވެ.

31 މާރިޗު 2015
ހޯދާ