ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު ޕާރކުތައް ރީޑިޒައިންކުރުމަށްޓަކައި، ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް ޕާރކުތަކުގެ ގާފޮޅުތައް އަމިއްލަތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނުގެ މަޢުލޫމާތަށް ބައެއް ބަދަލު ގެނައުމާއި ގުޅިގެން ބީލަން ހުށަހެލުމުގެ މުއްދަތު އިތުކުރަމެވެ.
މި މަސައްކަތަށް ބިލަން ހުށަހެޅޭނީ 2024 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ 11:00ގައި މިކައުންސިލްގައި ބޭއްވުނު މި މަސައްކަތާގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަންނެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 2024 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުގެ 13:00ގައި މި ކައުންސިލްގެ މީޓިން ރޫމުގައެވެ.
ކުރަންޖެހޭ މަސައްކަތްތައް :
1- ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ޕާކުތަކުގެ ލީނު ކޮންކްރީޓް އަޅައި ގާފޮޅު ރޭނުން (2 ގައު)
*ގާފޮޅުގެ ލެވެލް ކައުންސިލުން ފާހަގަކޮށްދޭނެއެވެ.
2- ގާފޮޅުގެ ދެ ފަރާތާއި މަތީގައި ސިމެންތިޖެހުން
3- ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ގާފޮޅުގެ ދެ ފަރާތާއި މަތީގައި ކުލަލުން
ކުލަ ކޯޑު: C78 M0 Y70 K0
RGB (32, 204, 130)
*ކުލައިގެ ގޮތުގައި ބޭނުންކުރަންވާނީ ކައުންސިލުން އެޕްރޫވް ކުރާ ކޮލެޓީއެއްގެ އައުޓްޑޯރ ކުލައެކެވެ.
4- ޕާކުތަކުގެ އެތެރެއަށް ވެލި އަޅާ ލެވެލްކުރުން
5- ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް ވެލި އަލާ ލެވެލްކުރުން
6- ބަނދަރު ޕޭވްމަންޓްގައި ހަލާކުވެފައިހުރި ތަންތަން މަރާމާތުކުރުން
7- ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ޕާރކުތަކުގައި ގަސް އިންދާ ޕޮޓުތަކެއް ހެދުން (60 ޕޮޓު)
8- ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ޕޮޓުތަކުގައި ކުލަލުން
ކުލަ ކޯޑު: C100 M74 Y51 K63
RGB (2, 38, 52)
މަސައްކަތްކުރާ ސަރަހައްދު އަންގައިދޭ ޗާރޓާއި ގަސްއިންދާ ޕޮޓުތަކުގެ ތަފްސީލު ކުރެހުން މި އިޢުލާނާއެކު ގެޒެޓު ކޮށްފައިވާނެއެވެ.
ބީލަން ވަޒަން ކުރުމުގައި ބެލެވޭނެ މިންގަނޑުތައް :
1- މަސައްކަތުގެ އަގަށް %60
2- މަސައްކަތުގެ މުއްދަތަށް %30
3- ތަޖުރިބާއަށް
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
06 ރަޖަބު 1445
17 ޖަނަވަރީ 2024