ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ހައްދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ JS-B/2015/14 ނަންބަރު އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، ތިރީގައި މިދަންނަވާ ތަކެތި އަލުން ހެއްދުމަށް ފުރުޞަތު ހުޅުވާލިވާހަކަ ދެންނެވީމެވެ.
1 – ޕްރިންޓް ކުރުން ( 700 ސެޓުފިކެޓާއި 1000 ފައިލް )
2 – 556 ފިލާ ހެއްދުން ( ޕްލާކް )
3 – 25 ސޭޝް އާއި 141 ޓްރޮފީ ހެއްދުން
ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ މަތީގައިވާ ތަކެތި ހައްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 6 އެޕްރީލް 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 އެޕްރީލް 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
11 ޖުމާދަލްއާޚިރާ 1436