ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

"ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން  އައްޔަނު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހަދަންޖެހޭ ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ މި ކޮމިޝަންގެ (IUL)195-A/1/2024/01 (03 ޖަނަވަރީ 2024) ނަންބަރު އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ބަޔާންކުރާ ޑޮކިއުމަންޓް ތަކާއެކު، ސިޓީއަކުން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ކުރިން މި ކޮމިޝަންގެ އިދާރާ (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯރ / މެދުޒިޔާރަތްމަގު) އަށް ހުށަހެޅުމަށް ދަންނަވަމެވެ. ނުވަތަ މި ކޮމިޝަންގެ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 23 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

06 ރަޖަބް 1445

 

 

17 ޖަނަވަރީ 2024
ހޯދާ