ދިވެހިރާއްޖެ
ހދ.ނޭކުރެންދޫއިން ކައުންސިލް އިދާރާއާ ދިމާ އުތުރުފަރާތުގައިވާ އިޖުތިމާއީ ސަރަހައްދުން ހޮޓާ/ކެފޭ / ރެސްޓޯރެންޓަށް ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ބިމުގެ މައުލޫމާތު:
- ކައުންސިލް އިދާރާއާ ދިމާ އުތުރުފަރާތުގައިވާ އިޖުތިމާއީ ސަރަހައްދުން 3500 އަކަފޫޓްގެ 1 ބިން
ވީމާ، މި ބިން ބީލަން އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތައް ބީލަން ހުށައެޅުއްވުމަށް ދަންނަވަމެވެ.
ބީލަން ހުށައެޅުން |
ތަން: ހދ.ނޭކުރެންދޫ ކައުންސިލްގެ އިދާރާގައި |
25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 |
މި ބީލަމުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވިދާނެއެވެ. އެހެން ނަމަވެސް ބީލަން ކާމިޔާބުކުރާ ފަރާތަކީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ނޫންނަމަ އެފަރާތާއިއެކު އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރުމުންނެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ ތަފްޞީލާއި އިތުރު މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.