އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާއިދު ދަށުން ކައުންސިލަށް ކަނޑައެޅުމަށް ލާޒިމްކޮށްފައިވާ ކަންކަމާއި ގުޅޭ:
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާއިދު (ނަންބަރ: 2022/R-181) ގެ ދަށުން ކައުންސިލަށް ކަނޑައެޅުމަށް ލާޒިމްކޮށްފައިވާ ކަންކަން ބޮޑުފޮޅުދޫ 04ވަނަ ކައުންސިލްގެ 2024ވަނަ އަހަރުގެ 04ވަނަ ރަސްމީ އާންމު ޖަލްސާއިން ކަނޑައަޅާފައިވާ ގޮތްތައް އާންމުކޮށް އިޢުލާނުކުރަމެވެ.
- އެކިފަހަރުމަތިން ބަހާލައިގެން ފައިސާދެއްކޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު
- އެއްފަހަރާ ފައިސާދައްކާނަމަ، އަކަފޫޓެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) ކަމަށާއި އެއްފަހަރާ ފައިސާދެއްކުމަށް ދެވޭނީ ހުށަހަޅާތާ އެއްމަސްދުވަހުގެ މުއްދަތު
- އެކިފަހަރުމަތިން ބަހާލައިގެން ފައިސާދައްކާނަމަ، އަކަފޫޓެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ)
- އަތިރިމައްޗަށް ވާގޮތަށް ހުންނަ ގޯތިތަކުގެ އަގަކީ އަކަފޫޓަކަށް -/100ރ (ސަތޭކަ ރުފިޔާ)
ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރަމެވެ.
16 ޖަނަވަރީ 2024
ހޯދާ