ދިވެހިރާއްޖެ
ޓީވީ ސްޕޮޓްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ލާމަރުކަޒީ ނިޒާމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ޓީވީ ސްޕޮޓްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު IUL)221-AF/221/2015/18) އާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، ކުރިން ކުރެވުނު އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 06 ވާ ހޯމަ ދުވަހުގެ 09:00 އަށް މި އޮތޯރިޓީއަށް (އެޓޯލް ޕޯސްޓް ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3006724 ނަންބަރު ފޯނާއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
11 ޖުމާދަލްއާޚިރާ 1436