ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީ ކުރާ "ހިޔަލަ ވީކެންޑް މާކެޓު"ގައި ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.
"ހިޔަލަ ވީކެންޑް މާކެޓް"އަކީ ސަރުކާރުން އެކަށައަޅާފައިވާ [ހަފްތާ 14] މަގުޗާޓުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމް ކުރެވޭ މާކެޓެކެވެ.
ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނަ މި މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އެކަމަށް ޓަކައި ފޯމު ހުށަހެޅުމާއެކު ދަފްތަރު ކުރެވިގެންދާނެއެވެ. ކޮންމެ ހަފްތާއެއްގައި ވެސް މި ކިއޮސްކްތަކަށް ވިޔަފާރިތައް ހޮވާނީ ދަފްތަރު ކުރެވިފައިވާ ތަރުތީބުންނެވެ.
މި ކިއޮސްކްތައް ކުއްޔަށްހިފުމަށް ދަފްތަރުވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު ހިމަނާފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު:
https://forms.office.com/r/YqzkBC4LaJ
ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިޢުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ
ފޯނު: 3305555
އީމެއިލް: [email protected]
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.