ދިވެހިރާއްޖެ
މިރަށު ޢިޖްޠިމާޢީ ސަރަހައްދުތައް 2024 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 2024 ޖަނަވަރީ 22 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް ފޯމު އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ނަންގަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.
ތަފްސީލު |
ތާރީޚް |
ގަޑި |
ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި |
21.01.2024 |
13:00 |
ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) |
22.01.2024 |
13:00 |
އީމެއިލް [email protected] |
||
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އާއި ދެމެދު 6540049 ގުޅުއްވުމަށް ދަންނަވަމެވެ. |